ޔުވެންޓަސްގެ ތަޖުރިބާކާރު މިޑްފިލްޑަރު އަންދްރޭ ޕިރްލޯ އެމެރިކާގެ ނިއުޔޯކް ސިޓީ އެފްސީއަށް ބަދަލުވާން ނިންމާފައިވާކަން ޔުވެންޓަސްއިން ހާމަކޮށްފައެވެ.
ޔުވެންޓަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕިރްލޯ ނިއުޔޯކް ސިޓީ އެފްސީއަށް ބަދަލުވާން ބޭނުންވާކަން އެކްލަބަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. “އޭނާގެ ކެރިއަރުގެ ބާކީ އޮތްބައި ކުރިއަށްގެންދަން ބޭނުންވަނީ އެމެރިކާގައި ކަމަށް ޕިރްލޯ ވަނީ ރަސްމީކޮށް އަންގާފައި،” ޔުވެންޓަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އިނގިރޭސި ލެޖެންޑް ފްރޭންކް ލަމްޕާޑް އަދި ސްޕެއިން ލެޖެންޑް ޑޭވިޑް ވިޔާ ވެސް ކުޅެމުންދަނީ ނިއުޔޯކް ސިޓީ އެފްސީއަށެވެ. އެކްލަބާ ޕިރްލޯ ރަސްމީކޮށް ގުޅޭނީ މި މަހުގެ 21 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް