ލިވަޕޫލްގެ 7 ނަންބަރު ޖާޒީ މިލްނާއަށް

މެންޗެސްޓާ ސިޓީން ލިވަޕޫލްއާ ގުޅުނު އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މިލްނާއަށް އެކްލަބުގެ ހަތް ނަންބަރު ޖާޒީ ހަވާލުކޮށްފި އެވެ. މެންޗެސްޓާ ސިޓީގައި ވެސް އުމުރުން 29 އަހަރުގެ މިލްނާ ބޭނުންކޮށްފައިވަނީ ހަ...

07 Jul 2015 | 06:15

މެންޗެސްޓާ ސިޓީން ލިވަޕޫލްއާ ގުޅުނު އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މިލްނާއަށް އެކްލަބުގެ ހަތް ނަންބަރު ޖާޒީ ހަވާލުކޮށްފި އެވެ.

މެންޗެސްޓާ ސިޓީގައި ވެސް އުމުރުން 29 އަހަރުގެ މިލްނާ ބޭނުންކޮށްފައިވަނީ ހަތް ނަންބަރު ޖާޒީ އެވެ.

"އަހަރެން ސިޓީއަށް ކުޅުނުއިރު ވެސް ކުޅުނީ 7 ނަންބަރު ޖާޒީގައި. އެކަމަކު އަހަރެން އުންމީދެއް ނުކުރުން ލިވަޕޫލްގެ 7 ހަތް ނަންބަރު ޖާޒީ ލިބޭނެކަމެއް. މި ކްލަބުގައި އެތައް ތަރިންތަކެއް މި ޖާޒީ ބޭނުންކުރި. 7 ނަންބަރަކީ ވަރަށް ހާއްސަ ނަންބަރެއް. މި ކްލަބުގައި ހާއްސަ ކުޅުންތެރިޔަކަށް ވާނެ ކަމަށް އުންމީދުކުރަން،" މިލްނާ ބުންޏެވެ.

މިލްނާ ބުނީ، ލިވަޕޫލްއާއެކު ކާމިޔާބީ ހޯދައި، ޖާޒީ ނަންބަރު ފަހުރުވެރިކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މީގެ ކުރިން ލިވަޕޫލްގެ 7 ނަންބަރު ޖާޒީގައި ވިދާލި ތަރިންގެ ތެރޭގައި ކެވިން ކީގަންއާއި، ސްޓީވް މެކްމަނަމަން އަދި ލުއިސް ސުއަރޭޒް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް