ޓުރާން ބާސާއަށް ސޮއިކޮށްފި

އެތުލެޓިކޯ މެޑްރިޑްގެ ތަރި އަރްދާ ޓުރާން ސްޕެއިން އަދި ދުނިޔޭގެ ޗެމްޕިއަން ބާސެލޯނާއަށް ސޮއިކޮށްފި އެވެ. އުމުރުން 28 އަހަރުގެ ޓުރާން ބާސާއަށް 41 މިލިއަން ޔޫރޯއަށް ސޮއިކުރިކަން އެކްލަބުން ރަސްމީކޮށް އި...

07 Jul 2015 | 06:00

އެތުލެޓިކޯ މެޑްރިޑްގެ ތަރި އަރްދާ ޓުރާން ސްޕެއިން އަދި ދުނިޔޭގެ ޗެމްޕިއަން ބާސެލޯނާއަށް ސޮއިކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ޓުރާން ބާސާއަށް 41 މިލިއަން ޔޫރޯއަށް ސޮއިކުރިކަން އެކްލަބުން ރަސްމީކޮށް އިއުލާންކޮށްފައިވާއިރު، ޔޫރަޕްގެ ބޮޑެތި ކްލަބުތަކަކުން ވެސް އޭނާ ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ.

ބާސާއަށް ޓުރާން ސޮއިކުރި ނަމަވެސް އެތުލެޓިކޯއާއެކު ބާސާއިން ހެދި އެގްރިމެންޓްގައިވާ ގޮތުގައި ޖުލައި 20 ވަނަ ދުވަހުގެ ކުރިން 4.1 މިލިއަން ގެއްލުމަކާއެކު އަލުން އެތުލެޓިކޯއަށް ވިއްކާލެވިދާނެ އެވެ. އެ ނިންމުން ނިންމާނީ ބާސާއަށް އަލަށް އިންތިހާބުވާ ރައީސް އެވެ. އަލަށް އިންތިހާބުވާ ރައީސްއަށް އެ ނިންމުން ނިންމުމަށް ލިބޭނީ އިންތިހާބުވާތާ 48 ގަޑިއިރެވެ.

ބާސާއަށް އަލަށް އިންތިހާބުވާ ރައީސް ޓުރާން ބެހައްޓަން ބޭނުންވި ނަމަވެސް ފީފާއިން ބާސާއަށް އަދަބުދީފައިވުމާއެކު އޭނާއަށް ކުޅުމަށް އާދެވޭނީ 2016 ވަނަ އަހަރު އެވެ.

ފީފާއިން ބާސާއަށް އަދަބުދީފައިވަނީ އެ އިދާރާގެ ގަވާއިދާ ހިލާފަށް މިދިޔަ އަހަރު ޒުވާން ކުޅުންތެރިންތަކެއް ކްލަބަށް ގެނައުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. އެހެންކަމުން ބާސާއަށް އަލަށް ސޮއިކުރާ ކުޅުންތެރިންނަށް އެކްލަބުގެ ޖާޒީގައި ކުޅެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

ބާސާގެ ސަސްޕެންޝަން ނިމެންދެން ފިޓްނަސް ލެވެލް ހިފެހެއްޓުމަށް ލޯނު އެއްބަސްވުމެއްގެ ދަށުން ތުރުކީ ޗެމްޕިއަން ގަލަތަސާރީއަށް ޓުރާން ފޮނުވާލެވޭނެކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް