މެނިންގޯކޮކަލް ބަލީގައި މީހަކު މަރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި

މެނިންގޯކޮކަލް ބަލީގެ ސަބަބުން މީހަކު މަރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. މި ބަލީގެ އިތުރު ކޭސްތައް ފެތުރުން ހުއްޓުވުމަށ...

07 Jun 2025 | 12:13

މެނިންގޯކޮކަލް ބަލީގެ ސަބަބުން މީހަކު މަރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. މި ބަލީގެ އިތުރު ކޭސްތައް ފެތުރުން ހުއްޓުވުމަށްޓަކައި އެޗް.ޕީ.އޭ އިން ދަނީ ކޮންޓެކްޓް ޓްރޭސިންގ ހަދައި، ހައި ރިސްކް ކޮންޓެކްޓުންނަށް ޕްރޮފައިލެކްޓިކް ބޭސް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލި އަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލި ޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައި މި އަލާމާތްތައް ފެންނަން ފަށާނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރުކޮށް، މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުމުގެ ނުރައްކާ އޮވެއެވެ.

މި ބަލީގެ ފުރަތަމަ ކޭސް ރިޕޯޓުކުރެވުނީ މިދިޔަ ހަފްތާގައެވެ. އެއީ 24 އަހަރުގެ ޒުވާނެކެވެ. އެފަރާތް ވަނީ މިބަލީގައި ދުނިޔެ ދޫކޮށް ގޮސްފައެވެ.

މެނިންގޯކޮކަލް ބަލިން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އާންމުންނަށް އަންގާފައިވާ ގޮތުގައި:

- އަތްތައް ރަނގަޅަށް ދޮވުމަށް

- ކެއްސާއިރު އަދި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށް

- ބަލި ޖެހިފައިވާ ފަރާތްތަކާ ގާތުން އުޅުމުން ދުރުހެލިވުމަށް

- ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ޞިއްޙީ ފަރުވާ ހޯދުމަށް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް