މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މައްކާއަށްދާ ޙައްޖުވެރިންގެ ތިންވަނަ ގްރޫޕް މިއަދު ފުރައިފިއެވެ.
މިއަދު ފުރާފައިވަނީ ދިވެހި ހައްޖުވެރިންގެ ތެރެއިން 339 ފަރާތެކެވެ. އޭގެތެރޭގައި ދަޢުލަތުގެ ޚަރަދުގައި ޙައްޖަށްދާ 48 ފަރާތެއްވެސް ހިމެނެއެވެ.
ތިންވަނަ ގްރޫޕް މިއަދު ފުރާފައިވާއިރު ދެވަނަ ގްރޫޕް ފުރާފައިވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އަދި ފުރަތަމަ ގްރޫޕް ފުރީ 31 މެއި، ހުކުރު ދުވަހުގައެވެ.
ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިންގެ ފަހު ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގައެވެ.
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު 1150 ޙައްޖާޖީއަކު ޙައްޖަށް ދާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. މި އަހަރު ރާއްޖެއަށް ލިބުނު ޙައްޖު ކޯޓާ އެކުގައި ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް