ކ. ހެލެގެލި ކައިރިން ދިޔަވަމުންދިޔަ ދޯންޏަކުން ބަޔަކު ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފް އިން ދެންމެ ބުނެފައިވަނީ ހަތަރު މީހުންނާއެކު ޅ. އަތޮޅަށް ދަތުރުކުރި "ލޫން2" ނަމަކަށްކިޔާ ދޯންޏެއް، ކ. ހެލެގެލި ކައިރިން ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.
"ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 08:52ގައި" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަގޮތުގައި ދޯނި އެއްކޮށް އަޑިއަށް ނުދަނީސް ކޯސްޓްގާޑުން ވަނީ އެ ހިސާބަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
މި ހާދިސާ ހިނގީ ކަނޑުއޮޅިން ނިކުންނަން އުޅުމުގެ ތެރޭގައި ގަލެއްގައި ޖެހިގެންކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް