ކަމަދޫ ޢީދު ދައުވަތު ރީތި ލަވަޔަކުން

ބ. ކަމަދޫގައި މި ޢީދުގައި ކުޅޭނެ ކުޅިވަރުތަކާއި ހަރަކާތްތައް ޕްރޮމޯޓް ކުރުމަށް ވީޑިއޯ ލަވައެއް ދޫކޮށްލައިފިއެވެ. ކަމަދޫ ޢީދު އުފާ ޔޫޓިއުބް ޗެނަލަށް މީގެ ފަސް ގަޑިއިރެއްހާއިރުކުރިން ދޫކޮށްލާފައިވާ ވީޑި...

07 Jun 2024 | 15:58

ބ. ކަމަދޫގައި މި ޢީދުގައި ކުޅޭނެ ކުޅިވަރުތަކާއި ހަރަކާތްތައް ޕްރޮމޯޓް ކުރުމަށް ވީޑިއޯ ލަވައެއް ދޫކޮށްލައިފިއެވެ.

ކަމަދޫ ޢީދު އުފާ ޔޫޓިއުބް ޗެނަލަށް މީގެ ފަސް ގަޑިއިރެއްހާއިރުކުރިން ދޫކޮށްލާފައިވާ ވީޑިއޯ ލަވައިގާ ފެންނަނީ ކަމަދޫގައި މި ޢީދުގައި ކުޅޭނެ ބައެއް ކުޅިވަރުތަކާއި ކުރިއަށްދާނެ ބައެއް ހަރަކާތްތައް ދައްކުވާލައިދިނުމުގެ ހަރަކާތްތަކެވެ.

ރަށު ރައްޔިތުންގެ ޢީދު ސަލާމާއި ކޯޑީގެ ހަރަކާތްތަކާއި ރީތި ފަރި ނެށުންތަކާއި ކަމަދޫގެ އިސް ރަށްވެހީންގެ ހިމެނުންވެސް ކަމަދޫ ޢީދު ޕްރޮމޯޝަނަލް ވީޑިއޯއިން ފެނިގެންދެއެވެ.

މުޙައްމަދު ޝަމީމްގެ ޅެންވެރިކަމާއި ޓޮނިކް ލައިވްސް ސްޓޫޑިއޯގެ މިއުޒިކާއި އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)ގެ އަޑުން ކިޔާފައިވާ މި ލަވަ ޑައިރެކްޓްކޮށްފައިވަނީ ހަސަން ޒަރީރެވެ.

ޢީދަށް ދާނެ ރަށެއް ނިންމަން ނޭނގިފައިތިބި ފަރާތްތަކަށް މިއީ ކަމަދޫން އެރުވި ދަޢުވަތެއް ކަމުގައި ބެލެވެއެވެ.

https://www.youtube.com/watch?v=b69lZaJKaNk

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް