މައްކާގެ އަޒީޒާ ޑިސްޓްރިކްޓުގައި އިމާރާތެއްގެ ލިފްޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެއްގައި އިންޑިއާއަށް ނިސްބަތްވާ ދެ ޙައްޖާޖީއަކު ނިޔާވެފައިވާކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
އެގޮތުން ރިޕޯޓުކޮށްފައިވާގޮތުގައި ނިޔާވެފައިވަނީ އުމުރުން 74 އަހަރުގެ އެމްޑީ ސިއްދީޤީއާއި އުމުރުން 64 އަހަރުގެ އެމްޑީ އަބްދުއްލަތީފެވެ. މި ދެމީހުންނަކީވެސް ބިހާރުގެ ކިޝާންގަންޖަށް ނިސްބަތްވާ ދެމީހުން ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާ ހިނގީ އިއްޔެގެ ވަގުތެއްގައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އެ އިމާރާތުގައި އިންޑިއާގެ ހައްޖު ގްރޫޕުތަކަށް ނިސްބަތްވާ 145 މީހަކު ތިބި ކަމަށާއި ހާދިސާގައި އިތުރު މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާގެ ރަސްމީ މައުލޫމާތެއް ރަސްމީ ފަރާތަކުން ހިއްސާކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އިންޑިއާގެ އަދި ބައެއް އެހެން ގައުމުތަކުގެ ގިނަ މީޑިއާތަކެއްގައި މި ޚަބަރު ގެނެސްދީފައިވެއެވެ.
https://www.youtube.com/watch?v=gbB97Kcz0PM
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް