މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޚަރަދުގައި އެ ކުންފުނީގެ ތިން މުވައްޒަފަކަށް ހައްޖު ދަތުރު ދީފިއެވެ.
މިކަން ހާމަކޮށް އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ހައްޖު އަދި އުމްރާ ޕޮލިސީގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރުމަށް ހުށަހެޅި މުވައްޒަފުންގެ ތެރެއިން ހޮވުނު ތިން މުވައްޒަފަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.
އެގޮތުން އެމްޕީއެލްގެ ފަރާތުން ހައްޖަށް ފޮނުވާ ތިން މުވައްޒަފުންނަކީ:
މުޙައްމަދު އަޤްލީމް – ސީނިއާ ފައިނޭންސް އެގްޒެކެޓިވް
އައިޝަތު ސުނީޒާ – ސީނިއާ އެގްޒެކެޓިވް
އިބްރާހިމް ވަހީދު – ޖެނެރަލް މެނޭޖާ
ހައްޖަށް ދިޔުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ ބައްދަލުކުރައްވާ އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވަނީ ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން މިއަދު އެ މުވައްޒަފުންނަށް ހަވާލު ކޮށްދެއްވާފައި ވެއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، އެމްޕީއެލްގެ އަމާޒަކީ އަންނަ އަހަރު ފަސް މުވައްޒަފުން ހައްޖަށް ފޮނުވުން ކަމަށެވެ. އަދި ރަމަޟާން މަހު ތިން މުވައްޒަފުން އުމްރާއަށް ފޮނުވުމަށް މަސައްކަތް ކުރާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
އެމްޕީއެލްގެ ޚަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރިމަތި ލެވޭނީ ކުންފުނީގައި މެދުނުކެނޑި 15 އަހަރު ނުވަތަ އެއަށްވުރެ ގިނަ މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް