ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
މިކަން ހާމަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލަ އެއްގައި މީހަކު ހައްޔަރުކުރުމަށްޓަކައި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިމައްސަލަތަކާ ގުޅިގެން ހޯދަމުން ދަނީ ޏ. ފުވައްމުލައް / ދަޑިމަގު.ބޭރެފީށި، މުޙައްމަދު އަންސާމް އިބްރާހީމް (23އ) އެވެ.
އަދި މުޙައްމަދު އަންސާމް އިބްރާހީމް ހޯދަމުން ދަނީ ހުޅުމާލޭގައި 2023 މެއި 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކު ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލަ އެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި މުޙައްމަދު އަންސާމް އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 3035335 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް