މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަލަށް 2500 މެންބަރަކު ގުޅިފައިވާކަން އެ ޕާޓީން ދެންމެ ހާމަކޮށްފިއެވެ.
އެގޮތުން އެ ޕާޓީއަށް އަލަށް މެންބަރުން ގުޅުނު ދާއިރާތަކުގެ ތެރޭގައި މަކުނުދޫ ދާއިރާ، ތިނަދޫ ދެކުނު ދާއިރާ، ކުޑަހުވަދޫ ދާއިރާ، ތުލުސްދޫ ދާއިރާ، ފަރެސްމާތޮޑާ ދާއިރާ، މިލަންދޫ ދާއިރާ، މަޑަވެލި ދާއިރާ، މަނަދޫ ދާއިރާ، ކެނދިކުޅުދޫ ދާއިރާ، އިސްދޫ ދާއިރާ އަދި ތިމަރަފުށި ދާއިރާ ހިމެނެއެވެ.
އެ ދާއިރާތަކުން ވަނީ އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި މިއަދު ހަވާލުކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ އެ ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހަރަކާތްތަކުން ލިބިފައިހުރި އާ ފޯމުތައް ކަމަށާއި މިއަދު ބޭއްވިގެންދިޔައީ އެ ފޯމުތައް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ކަމަށެވެ.
"ކުޑަ މަސައްކަތެއްގެ ތެރެއިން 2500 ފޯމު ލިބިގެން މިދިޔައީ" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ހަމަ އެކަނި ތިން ހާސް ހަމަވެގެން ހުއްޓާލާ ޕާޓީއެއް ނޫން ކަމަށާއި ޓާގެޓަކީ ކުރިން ގާނޫނާ އެއްގޮތް ނޫންގޮތަށް މެންބަރުން ތިބި އަދަދު ގާނޫނީ ގޮތުން ފުރިހަމަ ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް