ސްރީ ލަންކާ އިން މަކުނު ވިދުރި (މަންކީ ޕޮކްސް)އަށް ޕޮޒިޓިވް ވެފައިވާ ދަރިޔަކާއި މަންމަ އަކު ފެނިއްޖެއެވެ.
މިކަން ހާމަކޮށް ލަންކާގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެ ޤައުމުން ތުއްތު ކުއްޖަކު ހިމެނޭހެން ދެ މީހަކު ވަނީ މަކުނު ވިދުރި އަށް ފައްސިވެފައެވެ.
އެގޮތުން ދުބާއީން ކަޓުނަޔަކަގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމުން ޓެސްޓު ކުރި މަންމަ އަކާއި 15 ދުވަހުގެ ތުއްތު ކުއްޖާ މަކުނު ވިދުރިއަށް ޕޮޒިޓިވް ވެފައިވާ ކަަމަށް ލަންކާގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް އިން ހާމަކޮށްފައި ވެއެވެ.
އަދި ޕޮޒިޓިވް ވި މަންމަ އާއި ދަރިފުޅަށް މިހާރު ފަރުވާ ދެމުން ދަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީޒް (އައިޑީއެޗް) ގައި ކަމަށް ލަންކާގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް އިން ހާމަ ކުރެއެވެ.
ސްރީލަންކާއިން އެންމެ ފުރަތަމަ ފަހަރަށް މަކުނި ވިދުރި ފެނިފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.
އޭގެ ފަހުން ދެވަނަ ކޭސް ފެނިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް