ދާއިރާގެ މެމްބަރުގެ ގޮތުގައި ބަހުސް ކުރުމަށް މިހުރީ ކެތް މަދުވެފައި: ނަޝީދު

މައްޗަންގޯޅި މެދު ދާއިރާގެ މެންބަރުގެ ގޮތުގައި މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ކެތްމަދުވެފައި ހުންނެވި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވ...

07 Jun 2023 | 06:38

މައްޗަންގޯޅި މެދު ދާއިރާގެ މެންބަރުގެ ގޮތުގައި މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ކެތްމަދުވެފައި ހުންނެވި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ވިދާޅުވެފައި މިވަނީ އެމަނިކުފާނުގެ މަގާމުން ވަކި ކުރުމަށް އިތުބާރު ނެތް މައްސަލަ ހުށަހެޅުމަށް އެމްޑީޕީން ނިންމާފައިވަނިކޮށެވެ. އެމްޑީޕީ ޕީޖީން ބުނީ އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން ދަނީ 54 މެމްބަރުންގެ ސޮޔާއި އެކު އެވެ.

"މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންގެ އިތުރުން އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އެ މައްސަލައިގަ ސޮއި ކުރައްވާފައިވެ އެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ނަޝީދު މަގާމުން ދުރުކުރަން ބޭނުންވަނީ އަގުލަބިއްޔަތު ކަމަށްވާ 44 ވޯޓެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ މަޖިލިހަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް