ޙައްޖުވެރިންނަށް ޚިދުމަތްދޭ "އަލް ބައިތު ގެސްޓްސް" އާއި ޙައްޖު މިޝަނުން ބައްދަލުކޮށްފި

މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުންނަށް ޚިދުމަތްދޭ ކުންފުނި ކަމުގައިވާ ”އަލް ބައިތު ގެސްޓްސް” އާ ދިވެހި ޙައްޖު މިޝަނުން ބައްދަލުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ މި ބައްދަލުވ...

07 Jun 2023 | 05:46

މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުންނަށް ޚިދުމަތްދޭ ކުންފުނި ކަމުގައިވާ ”އަލް ބައިތު ގެސްޓްސް” އާ ދިވެހި ޙައްޖު މިޝަނުން ބައްދަލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ މި ބައްދަލުވުން އޮތީ މައްކާގައި ހުންނަ ”އަލް ބައިތު ގެސްޓްސް”ގެ މައި އޮފީހުގައި ކަމަށެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ޙައްޖުގެ ޚިދުމަތް ދިނުމުގައި ދިވެހި ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނާއި، މީނާ އާއި ޢަރަފާތުގައި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި އެ ކުންފުނިން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން ކުރީ އަހަރުތަކުގައި ދެވުނު ޚިދުމަތްތަކަށް ބަލާއިރު އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނެސްފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެެއެވެ.

މީގެ އިތުރުން ޙައްޖުވެރިންނަށްދޭ ޚިދުމަތްތައް މިއަހަރު އިތުރަށް ފުރިހަމަ ވެގެންދާނެކަން ފާހަގަ ކުރައްވަމުން ”އަލްބައިތު ގެސްޓްސް” ގެ މެނޭޖިންގ ޑިރެކްޓަރ އުސާމާ ޢަބްދުﷲ ދާނިޝް ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު މިނާ އަދި ޢަރަފާތުގައިވެސް ދިވެހި އެންމެހައި ޙައްޖުވެރިން ތިބޭނީ އެއް ސަރަޙައްދުގައި ކަމަށެވެ.

ހަމައެހެންމެ ޚިދުމަތުގެ ފެންވަރު ކުރީ އަހަރުތަކަށްވުރެ ރަނގަޅުވާނެކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.

މި ބައްދަލުވުމުގައި ދިވެހި ޙައްޖު މިޝަން ހުރިހައި ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް