އަފްޣާނިސްތާނުގެ އުތުރުގެ ޕްރައިމަރީ ސްކޫލްތަކަށް ވަކިވަކިން ދެ ހަމަލާއެއްގައި ގާތްގަނޑަކަށް 80 އަންހެން ކުދިންނަށް ވިހަ ދީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ލޯކަލް އެޑިއުކޭޝަން އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އޭނާ ވިދާޅުވީ ވިހަ ދިނުމުގެ ކަންކަން ރާވާ ހިންގި މީހާ މި އަމަލް ހިންގީ އަމިއްލަ ރުޅިވެރިކަމެއް ސަބަބުން ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއެވެ. މިހަމަލާތައް ދީފައިވަނީ ހޮނިހިރު އަދި އާދީއްތަ ދުވަހު ސަރްއެފުލް ޕްރޮވިންސްގައެވެ.
މިއީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ވެރިކަމަށް އަރައި އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާއި މިނިވަން ހަނިކުރުމަށް ފިޔަވަޅު އަޅަން ފެށި ފަހުން މިކަހަލަ ހަމަލާއެއް ހިނގި ފުރަތަމަ ފަހަރު ކަމަށް ބެލެވެ އެވެ.
ތާލިބާނުން ވެރިކަމަށް އައިފަހުން އަފްޣާނިސްތާނުގެ ޔުނިވާސިޓީ ހިމެނޭ ގޮތަށް ހަ ވަނަ ގްރޭޑުން ބޭރުގައި އަންހެން ކުދިންނަށް ތައުލީމު ދިނުން މަނާކޮށްފައިވާއިރު، ގިނަ ވަޒީފާތަކާއި އާންމު ތަންތަނުގައި އަންހެނުން ހަރަކާތްތެރިވުންވެސް ވަނީ މަނާކޮށްފައެވެ..
މިކަން ހިނގި ސަރަހައްދުގެ ތައުލީމީ ދާއިރާގެ އިސްވެރިޔާ މުހައްމަދު ރަހުމާނީ ވިދާޅުވި ގޮތުގައި ވިހަތަކެއް ދީފައި ވަނީ ސަންގްޗަރަކް ޑިސްޓްރިކްޓްގަ އެވެ. އޭނާ ވިދާޅުވީ ނަސްވާން-އޭ-ކަބޯދު އާބް ސްކޫލުގައި 60 ދަރިވަރަކަށް ވިހަ ދީފައިވާއިރު، ނަސްވާން-އޭ-ފައިޒާބާދު ސްކޫލުގައި 17 ދަރިވަރަކަށް ވިހަ ދީފައިވާ ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން މިކަމާ ގުޅިގެން މިހާތަނަށް ހެދި ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި މިކަން ކޮށްފައި ވަނީ އަންހެން ކުދިންނާއި މެދު ޒާތީ ރުޅިވެރިކަމެއް ހުރި މީހަކު ތިންވަނަ ފަރާތަކަށް ފައިސާ ދީގެނެވެ. .
އަންހެން ކުދިންނަށް ވިހަ ދިން ގޮތާއި އަނިޔާގެ ބާވަތާއި ބެހޭ އެއްވެސް މައުލޫމާތެއް އޭނާ ނުދެއްވަ އެވެ. ރަހުމާނީ އެމީހުންގެ އުމުރު ނުބުނި ނަމަވެސް ހަމަލާ ރައްދުވި ކުދިންނަކީ ގްރޭޑް އެކެއް އިން ހަ އަށް ކިޔަވާ ދަރިވަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް