ޕްރަބާސް ކައިވެނި ކުރާ ތަން އިއުލާނުކޮށްފި

ބޮލީވުޑްގެ ތަރި ޕްރަބާސް ކައިވެނި ކުރާ ދުވަސް އިއުލާނުކޮށްފި އެވެ. ޕްރަތާމް ކައިވެނި ކުރަން އުޅޭކަމަށް އަޑުފެތުރިފައިވަނީ ބަތަލާ ކްރިތީ ސެނޯން އާއި އެވެ. ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވީނަމަ...

07 Jun 2023 | 04:35

ބޮލީވުޑްގެ ތަރި ޕްރަބާސް ކައިވެނި ކުރާ ދުވަސް އިއުލާނުކޮށްފި އެވެ.

ޕްރަތާމް ކައިވެނި ކުރަން އުޅޭކަމަށް އަޑުފެތުރިފައިވަނީ ބަތަލާ ކްރިތީ ސެނޯން އާއި އެވެ. ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވީނަމަވެސް މިހާތަނަށްވެސް ދެ ތަރިން ގުޅުމަށް އެއްބަސްވެފައި ނުވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެމީހުން ވަނީ މިދިޔަ ފެބްރުއަރީ މަހު އެންގޭޖްވެފައި އެވެ. އެ ހަފްލާ ބާއްވާފައިވަނީ ރާއްޖޭގައި ކަމަށްވެސް އޭރު އިންޑިއާ މީޑިއާގައި ރިޕޯޓު ކޮށްފައި އެވެ. އެކަންވެސް ކްރިތީ ދޮގު ކުރި އެވެ.

އޭގެ ފަހުން ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔައީ ދެ ތަރިންގެ ކައިވެނި އޮންނާނެ ދުވަހަކަށެވެ. މި ކަމާއި ގުޅޭގޮތުން މި ހަފްތާގައި ބޭއްވި ހަފްލާއެއްގައި ޕްރަބާސް ބުނީ ވަރަށް އަވަހަށް ކައިވެނި އޮންނާނެ ކަމަށެވެ.

އެ ހަފްލާ އޮންނާނީ އިންޑިއާގެ އަންދަރް ޕްރަދޭޝްގެ ތިރުޕަތީގައި ހުންނަ މަޝްހޫރު ހިންދޫ ފައްޅިއެއް ކަމަށްވާ ތިރުޕަތީ ޓެމްޕަލްގައި ކަމަށް އޭނާ ބުންޏެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެ އެވެ. ވަރަށް ހެވިފައި ހުރެ ދިން އެ މައުލޫމާތާއިި ގުޅިގެން އެއީ ނަސީބުވެރިއެއްތޯ ސުވާލު ކުރުމުން އެއަށް ޖަވާބުދީފައެއް ނުވެ އެވެ.

ޕްރަބާސް އާއި ކްރިތީގެ ލޯބީގެ ގުޅުން ފެށުނީ ދެމީހުން އެކުގައި ފެނިގެންދާނެ ފިލްމު "އާދީފުރުޝް" ގެ ޝޫޓިންގެ ތެރެއިންނެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ16 ވަނަ ދުވަހު އެވެ.

މިހާރު ކުރިޔަށް ދަނީ އެ ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް