ފަނޑިޔާރުކަމުން ވަކިކުރާ މީހުންގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްވާގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ފަނޑިޔާރުކަމުން ވަކިކުރާ މީހުންގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްކޮށް، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ޤާނޫނީ ފަންނުގެ ޤާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފިއެވެ. ޤާނޫނީ ފަންނުގެ ޤާނޫނުގަ...

07 Jun 2022 | 14:36

ފަނޑިޔާރުކަމުން ވަކިކުރާ މީހުންގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްކޮށް، ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ޤާނޫނީ ފަންނުގެ ޤާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފިއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުންނަމަ ފަނޑިޔާރުކަމުގެ މަގާމުން ވަކިވުމާއެކު، އެ މީހެއްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮޓަމެޓިކުން އަލުން ލިބޭނެއެވެ.

ސަރުކާރުގެ ފަރާތުން  އެ ޤާނޫނަށް އިސްލާހް ހުށަހަޅުއްވާފައި ވަނީީ ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން އެވެ.

އެގޮތުން މެމްބަރު އިކްރާމް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ފަނޑިޔާރެއްގެ މަޤާމާ އެކަށީގެންނުވާ އަމަލެއް ކޮށްގެން އެ މީހަކު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މީހެއްގެ ވަކީލުކަމުގެ ހުއްދަ އޮޓަމެޓިކުން ބާތިލްވާނެއެވެ.

އަދި އެ ބިލުގައިވާ ގޮތުން ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ބޮޑެތި މައްސަލަތަކުގައި ފަނޑިޔާރުކަމުން ވަކިކުރާ މީހުންނަށް ދުވަހަކު ވެސް ގާނޫނީ ވަކީލުކަމުގެ ހުއްދަ ނުދެވޭނެއެވެ.

ނަމަވެސް އެ ނޫން ހާލަތްތަކުގައި މަޤާމުން ވަކިކުރާތާ ފަސް އަހަރުވުމުން އަލުން އެދެފިނަމަ ހުއްދަ ދެވިދާނެއެވެ.

މީގެ އިތުރުން އެ ބިލުގައިވާ ގޮތުން، ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވަނިކޮށް އިސްތިއުފާ ދެއްވިޔަސް، އެ އުސޫލު ހިނގާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް