އައްޑޫ މަރާއި ގުޅިގެން ހައްޔަރު ކުރި 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް

އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ޒުވާނާގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި ދެވަނަ ކުއްޖާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. މިދިޔަ ބުދަ ދ...

07 Jun 2022 | 14:31

އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ޒުވާނާގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި ދެވަނަ ކުއްޖާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭގެ މެންދަމު ފޭދޫގައި ހިންގި މާރާމާރީގައި ޒަހަމްވެ، ފަރުވާދެމުން ދަނިކޮށް މަރުވީ އައްޑޫ ސީޓީ ފޭދޫ އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާ އެވެ. އޭނާ މަރުވީ ލިބުނު ޒަހަމް ތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެ މައްސަލައިގަ ރޭ ހައްޔަރު ކުރި15 އަހަރުގެ ކުއްޖާގެ ބަންދަށް ކޯޓުން10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށް މައުލޫމާތުދެ އެވެ.

މިއީ މި މައްސަލައިގަ ހައްޔަރު ކުރި ދެ ވަނަ ކުއްޖާ އެވެ. ޒަޔާންގެ މަރުގެ މައްސަލައިގަ އިއްޔެ ރޭ ފުލުހުން ހައްޔަރު ކުރީ 16 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާގެ ބަންދަށްވެސް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.

މީގެ އިތުރުން ފުލުހުން ވަނީ ފޭދޫގެ އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ ރޭ ބަޔަކު ހައްޔަރުކޮށްފަ އެވެ. އެއީ އުމުރުން 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ. އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް