ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އާއި އޭނާ އާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކައަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ޓިކްޓޮކުން މަޝްހޫރުކަން ހޯދައި މިހާރު ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުންދާ މަރިޔަމް ޝިފާ ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ދަނީ ޝިފާ ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެފައި އެވެ. ޝިފާ ބުނީ އެ ވީޑިއޯއަކީ އަސްލެއް ނެތް އެޑިޓެއް ކަމަށެވެ.
ޝިފާ ބުނީ އެ ވީޑިއޯއަކީ ބަޔަކު ގަސްތުގައި ދުރާލާ ރާވައިގެން އޭނާގެ އަބުރު ވެއްޔާއި މޮޑެލަށް ހެދި އެއްޗެއް ކަމަށެވެ. ޝިފާ ބުނީ އެ ވީޑިއޯ ހެދީ އޭނާގެ މަޝްހޫރު ކަމަށް ހިޔަނި އަޅުވަން ފިލްމީ ދާއިރާގައި އުޅޭ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ.
އޭނާ ބުނީ އެފަދަ ހަޑިމުޑުދާރު އަމަލެއް ބަޔަކު ހިންގީ އޭނާއަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނު މަޝްހޫރު ކަމުން ކަމަށެވެ. ޝިފާ ބުނީ އޭނާއަކީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑު ބޮޑު އެއް ތަރިކަމަށާއި އެއީ ބެލުންތެރިންގެ ލޯބި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދި ސުޕާ ސްޓާރެއް ކަމަށެވެ.
https://www.instagram.com/p/CZcRyxRAne9/
ޝިފާ ބުނީ އޭނާ އާއި ގުޅޭގޮތުން ދޮގު ވީޑިއޯއެއް ހެދުމުގެ އަޑީގައި ތިބި ބަޔަކު ހޯދައި އެބައެއްގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ކަމަށެވެ.
ޝިފާ ވަނީ މިފަދަ ދަނޑިވަޅެއްގައި އޭނާގެ ސަޕޯޓަރުން ދެމުންދާ ލޯތްބަށް ޝުކުރު އަދާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް