ޔޫރަޕުގައި އޮންނަ މައިސް ޓޫރިޒަމް ފެއާއެއްގައި ރާއްޖޭން ބައިވެރިވެއްޖެ

ވިޔަފާރީގެ މީޓިންތަކާއި އިވެންޓުތައް ޕްރޮމޯޓް ކުރާ "މައިސް" ޓޫރިޒަމަށް ޔޫރަޕުގައި އިންތިޒާމު ކުރާ އެންމެ ބޮޑު ފެއާގައި ރާއްޖޭން ބައިވެރިވެއްޖެއެވެ. އެމްއެމްޕީއާރުސީން ބުނީ ޔޫރަޕުގެ އެންމެ ބޮޑު އެއް މަ...

07 Jun 2022 | 09:37

ވިޔަފާރީގެ މީޓިންތަކާއި އިވެންޓުތައް ޕްރޮމޯޓް ކުރާ "މައިސް" ޓޫރިޒަމަށް ޔޫރަޕުގައި އިންތިޒާމު ކުރާ އެންމެ ބޮޑު ފެއާގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.

އެމްއެމްޕީއާރުސީން ބުނީ ޔޫރަޕުގެ އެންމެ ބޮޑު އެއް މައިސް ފެއާ ކަމަށްވާ އައިމެކްސް ފްރެމްކްފާޓްގައި ކުރިއަށްދާ މި ފެއާ އޮތީ ޖަރުމަނުވިލާތުގައި ކަމަށާއި، ފެއާގައި މި ދާއިރާގެ 4900 ޕްރޮފެޝަނަލުން ބައިވެރިވި ކަމަށެވެ.  އަދި މި ފެއާއަށް މި ހިދުމަތްތައް ބޭނުންވާ 3،900 މީހުން ބައިވެރިވި ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

އައިމެކްސް ފެއާގައި ރާއްޖޭގެ ނުވަ ކުންފުންޏަކުން ބައިވެރިވެފައިވާއިރު، މި ފެއާގައި ރާއްޖޭގެ ޓޫރިޒަމްގެ ހަތަރު ޕްރޮޑަކްޓް ކަމަށްވާ ރިސޯޓާއި ހޮޓާ އަދި ގެސްޓްހައުސް އަދި ސަފާރީ އުޅަނދު ފަހަރަކުގައި ހުރި ހިދުމަތްތައް އިސްތިހާރު ކޮށްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ޖަރުމަނުވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް