ތ. ދިޔަމިގިލީ ކައުންސިލް އިދާރާގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ "މުއައްސަސާ ކަޕް 2022" މި މަހުގެ 12 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ދިޔަމިގިލީ ގައި ހުންނަ ސަރުކާރު މުއައްސަސާތަކާއި ސަރުކާރު ހިއްސާ ވާ ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަ ޖެހިފައިވާ " މުއައްސަސާ ކަޕް 2022 " މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ދާއިރު، މި ކަޕްގައި ފިރިހެން ފުޓްސަލް މުބާރާތަކާއި އަންހެން ހޭންޑް ބޯޅަ މުބަޜާތެއް ކުރިޔަށް ގެންދިއުމަށް ވަނި ރާވާފައެވެ.
އެގޮތުން ފިރިހެން ފުޓްސަލް މުބާރާތުގައި 5 ޓީމެއް ވާދަކުރާއިރު، އަންހެން ހޭންޑް ބޯޅަ މުބާރާތުގައި 4 ޓީމަކުން ވާދަކުރާނެއެވެ. މުބާރާތުގައި ބައިވެރުވާ ކޮންމެ ޓީމަކުން ވެސް އޮހީހުން ބޭރު ރަށަށް ނިސްބަތްވާ 3 ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ވަނީ ދީފައެވެ.
މި މުބާރާތް ކުރިޔަށް ދާނި ލީގު އުސޫލުންނެވެ. އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެންމެ ކުރީގައި އޮންނަ ޓީމެއް އެއް ކޮޅުން ފައިނަލް ކުޅޭ ގޮތައް ހަމަޖެހިފައިވާއިރު، ފައިނަލް ގައި ވާދަކުރާނެ ދެވަނަ ޓީމެއް ހޮވުމަށް ހަމަޖެހިފައިވަނީ ދެވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި ތިން ވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމުގެ މެދުގައި ކުޅޭ އިތުރު މެޗަކަށް ފަހުއެވެ. އެތަނުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރު ވާ ގޮތަށެވެ.
ދިޔަމިގިލީ ކައުންސިލުން ހާމަކުރި ގޮތުގައި މިމުބާރާތަކީ ދިޔަމިގިލީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއިއެކު ހޭންޑް ބޯޅަ އަދި ފުޓުސަލްއަށް ޝައުގުވެރި ކުރުވުމެވެ. އަދި މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު ސަރުކާރުގެ އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް ހޯދައިދިނުމާއި ސަރުކާރުގެ އޮފީސް، ކުންފުނިތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަކީ މިމުބާރާތުގެ މަގްސަދުކަމަށް ވެސް ކައުންސިލުން ހާމަކުރެ އެވެ.
މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމުގެ އިތުރުން ކޮންމެ މެޗެއްގެ ވެސް މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި މުބާރާތް ތަކުގެ އެންމެ މޮޅު ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެ އެވެ.
މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ދިޔަމިގިލީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މި މަހުގެ 12 ވަނަ ދުވަހު ފަށާ މި މުބާރާތްތަކުގެ ފަައިނަލް މެޗުތައް ކުޅުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގައެވެ.
ދިޔަމިގިލީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ " މުއައްސަސާ ކަޕް 2022" ގެ މީޑިއާ ޕާޓްނަރަކީ ދުވަސް އޮންލައިންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް