އެސްޓީއޯއިން، ފިޔަވައްޗަށް ކުލަ ހަދިޔާކޮށްފި

އެސްޓީއޯއިން، ހުޅުމާލޭ ފިޔަވައްޗަށް ކުލަ ހަދިޔާކޮށްފި އެވެ. އެސްޓީއޯއިން ވަނީ ކުލަ ހަދިޔާ ކުރުމަށް ފިޔަވައްޗަށް ގޮސް ކުޑަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ކުންފުނިން ބުނީ ހަދދިޔާ ކުރީ އެ ކުންފުނިން ރާ...

07 Jun 2022 | 09:05

އެސްޓީއޯއިން، ހުޅުމާލޭ ފިޔަވައްޗަށް ކުލަ ހަދިޔާކޮށްފި އެވެ.

އެސްޓީއޯއިން ވަނީ ކުލަ ހަދިޔާ ކުރުމަށް ފިޔަވައްޗަށް ގޮސް ކުޑަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

އެ ކުންފުނިން ބުނީ ހަދދިޔާ ކުރީ އެ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ނޮޕޯން ކުލަ ކަމަށެވެ.

މިފަދަ އެހީއެއް ފިޔަވައްޗަށް ވުމުގެ މަގުސަދަކީ ދައުލަތުން ބަލަހައްޓާ ކުދިން ތިބޭ އެ އިމާރާތް އަލިކޮށްލައި ރީތިކޮށްލަން އެހީވެދިނުން ކަމަށެވެ.

މި އެހީގެ ދަށުން މުޅި އިމާރާތުގައި ކުލަ ލުމަށް ބޭނުންވާ ވަރަށް ކުލަ ހަދިޔާކޮށްފައިވެ އެވެ.

އެސްޓީއޯއިން މީގެ ކުރިންވެސް ދައުލަތުން ކުދިން ބަލަހައްޓާ އިމާރާތްތަތަކަށް މިފަދަ އެހީތައް ވެދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް