ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑު، ތެޔޮ، އަދި ބޭހުގެ ފައިސާ ހުންނާނެތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.
މި ސުވާލު އީވާ ކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އެވެ. މި ސުވާލު ޖަވާބު ހޯދަން އެދިވަޑައިގެންފަ ވަނީ ލިޔުމުންނެވެ.
އިވާ ކުރެއްވި ސުވާލުގައި ވިދާޅުވެފައިވަނީ ޖޫން މަސް ފެށުނުއިރު ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވް ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށެވެ. މި މަހާއި ކުރިއަށް އޮތް ޖުލައި މަހު 130 މިލިއަނަށް ވުރެ ގިނަ ޑޮލަރު، ދަރަނީގެ ގޮތުގައި އަނބުރާ ދައްކަން ހޭދަކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މި 130 މިލިއަން ޑޮލަރުގެ އިތުރުން މި ދެ މަހުގެ ބަޖެޓް ކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއްކަން އީވާ ފާހަގަ ކުރައްވާފައިވެ އެވެ.
އެހެންވެ އޭނާ ވަނީ މާލީ ކަންކަން މި ދެންނެވި މަގުގައި ހުރި އިރު، ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑުގެ، ތެލުގެ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ ސުވާލު ކުރައްވާފަ އެވެ.
ސަރުކާރުން މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ލޯނާ އެކު ދައުލަތުގެ ދަރަނި މިހާރު ވަނީ 99 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް