ރާއްޖޭގެ މަޝްހޫރު ލަވަކިޔުން ތެރިންތަކެއް ބޮޑު ޢީދު ޝޯއަށް މާއެނބޫދޫއަށް!

މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ދ. މާއެނބޫދޫގައި އޮންނަ އީދު ޝޯގައި ބައިވެރިވުމަށް، ރާއްޖޭގެ ބައެއް މަޝްހޫރު ލަވަކިޔުންތެރީން ކަމަށްވާ، މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި އިބްރާހީމް ޒައިދު އަ...

07 Jun 2022 | 07:33

މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ދ. މާއެނބޫދޫގައި އޮންނަ އީދު ޝޯގައި ބައިވެރިވުމަށް، ރާއްޖޭގެ ބައެއް މަޝްހޫރު ލަވަކިޔުންތެރީން ކަމަށްވާ، މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އާއި ސަމާހާ މޫސާ ދީދީ (ސަމާ) އަދި އާމިނަތު ލަމްހާ ލަތީފް (ލަމް) ގެ އިތުރުން އަބްދުﷲ ނާޝިފް (ތާތި) ވެސް އެރަށަށް ދާން ނިންމައިފިއެވެ.

މިކަން ހާމަކޮށް މާއެނބޫދޫގައި ޢީދު ކުޅިވަރު އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު މީޑިއާ އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ސަގާފީ ކުޅިވަރުތަކާއި ޒަމާނީ ކުޅިވަރުތައް ހިމެނޭ ގޮތުން ގިނަ ހަރަކާތްތަކެއް މި އަހަރުގެ ބޮޑު އީދަށް އިންތިޒާމުކުރުމުގައި ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުން ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މާއެނބޫދޫގައި ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ ރަށު ކައުންސިލާއި ރަށުގެ ރައްޔިތުންނާއި ކުލަބު ޖަމިއްޔާތަކުން އިސްނަގައިގެންނެވެ.

މާލެއިން މާއެނބޫދޫއަށްދާ ލަވަކިޔުންތެރީން މާއެނބޫދޫގައި ދެރޭ ޝޯ ދިނުމަށް ހަމަޖެހިފައި ވެއެވެ.

އަދި އެ ޝޯތައް ކުރިޔަށްދާއިރު، ރަށުގެ ސަގާފީ ކުޅިވަރުތައްވެސް ހުށަހެޅުމަށް ހަމަޖެހިފައި ވެއެވެ.

މިފަހަރުގެ ބޮޑު އީދުގައި މާއެނބޫދޫގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ބައެއް ކުޅިވަރުތަކުގެ ތެރޭގައި އީދު ވެދުމާ ދިއުން، އީދު ސަލާމްކުރުން، ރައްޔިތުންގެ އީދު ބޮޑުސައި، އީދު ކުލަމަޖާ، މަސް ރޭސް ފިރިހެނުންގެ ލަނގިރި/ދަފި/މާފަތި، ބޮޑުމަސް ބޭނުން، ފިރިހެނުންގެ ފުޓުބޯޅަ މުބާރާތް، އަންހެނުންގެ ވޮލީބޯޅަ މުބާރާތް، މިޔުޒިކް ޝޯ، ޖާދުﷲ ޑާންސް ގުރޫޕުގެ ޑާންސް ހިމެނޭހެން ބަނޑިޔާޖެހުމާއި ކުޑަކުދީންގެ ހަވީރު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް