އިންޑިއާއަށް ޗުއްޓީއަށް ގޮސް އުޅުނު އިނގިރޭސިވިލާތުގެ އަންހެނަކު ރޭޕް ކޮށްފި އެވެ.
އެމީހާ ޗުއްޓީއަށް ގޮސް އުޅުނީ ފިރިމީހާ އާއި އެކު އިންޑިއާގެ ޓޫރިސްޓު މަންޒިލެއް ކަމަށްވާ ގޯއާ އަށެވެ. އޭނާ ރޭޕް ކުރީ ގޯއާގެ ގޮނޑުދޮށެއްގައި އެވެ.
މި މައްސަލައިގަ ގޯއާ ފުލުހުން ވަނީ 32 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އޭނާ، އަންހެން މީހާ ރޭޕް ކުރީ ގޮނޑުދޮށުގައި އަރާމުކޮށްލަން އޮއްވަ ކަމަށްވެ އެވެ.
މި ކަން ހިނގީ މިމަހުގެ ދެ ވަނަ ދުވަހު އެވެ. އެ މައްސަލަ ދެމަފިރިން ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ.
ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާގެ އުމުރެއް މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ބުނެފައިވަނީ އެއީ މެދު އުމުރު އަންހެނެއް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް