ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތީ 40 މެމްބަރުންގެ ވޯޓާ އެކު އެވެ.
ޝަފީގު ވިދާޅުވީ ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި އެއް ޕާޓީއިން އަނެއް ޕާޓީން މީހުން ބަދަލުކުރުމާއި ވަކި ކުރުމުގައި އެ މީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި ސިޔާސީ ޕަޓީތަކުގައި އާންމުންނަށް ބައިވެރިވުމުގެ ހައްގު ބައެެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރުމުގެ ހައްގު ގެއްލި އަދި އެ ފަރާތްތަކުގެ އިހުތިޔާރު ނަގާލާފައިވާ ކަމަށް މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު ގެއްލުންތައް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވަމުންދާކަން ވެސް ޝަފީގު ފާހަގަ ކުރެއްވިއެވެ.
ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކި ކުުރުމާއި ބަދަލ ކުރުން ތަކުރާރުކުރުން ހިނގަމުންދާތީ އެކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީއެއްގައި ޖެހެން ބޭނުންނުވާ ރައްޔިތުންނާއި ސިިޔާސީ ޕާޓީތަކުގެ އުޅޭ ރައްޔިތުންގެ ޝަކުވާ އިތުުރުވެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް