އާންމުންގެ ތެރެއިން ހައްޖަށް ދާން ޖާގަ ލިބުނު 100 މީހހުންގެ ލިސްޓު އާންމުކޮށްފި އެވެ.
މިއަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ. އިސްލާމިކް މިނިސްޓްރީން ނިންމީ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ.
ވަގުު ނެތުމާއި އެކު ހައްޖު ކޯޕަރޭޝަނުން ނިންމީ އާންމުކޮށް ހުޅުވާލައިގެން ހައްޖަށްދާން ބޭނުންވާ 100 މީހުންނަށް ޖާގަ ދިނުމަށެވެ. މުއްދަތު ހަމަވި އިރު އެ ފުރސުތަކަށް 500 އަށްވުރެ ގިނަ މީހުން ކުރިމަތި ލިއިރު ބާކީ ކޯޓާތަކަށް ޖާގަ ދިނުމަށް ނިންމާފައިވަނީ އެ ކޯޕަރޭޝަންގެ ކިޔޫގައި ތިބި މީހުންނަށެވެ.
އެހެންވެ 100 މީހުން ކަނޑައެޅީ ގުރުއަތުލައިގެންނެވެ. އިތުރު25 މީހުންވަނީ ހޮވައި ވެއިޓިން ލިސްޓަށް ލާފައިވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ލިސްޓުގައި އެއް ފަރާތަކުން ދާ ކެޓަގަރީން 38 މީހަކު ވަނީ ހޮވިފައެވެ. އަދި ދެފަރާތެއް ދާ ކެޓަގަރީން 31 މީހެއްގެ އިތުރުން ވެއިޓިން ލިސްޓުން 25 ފަރާތެއް ގެންދިއުމަށް ވަނީ ގުރު އަަތުނަގާފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ޖާގަ ކަށަވަރުވި މީހުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު2:00ގެ ކުރިން ފައިސާދައްކާ ނިންމަން ޖެހޭނެ ކަމަށެވެ. މިފަރާތްތަކުން ހައްޖަށް ދިއުމަށް76،960،00 ރުފިޔާ ދައްކަން ޖެހެ އެވެ.
ލިސްޓުގައި ތިބި މީހުންގެ ތެރެއިން އެއްވެސް ސަބަބަކާއި ހެދި މީހަކަށް ހައްޖަށް ނުދެވިއްޖެ ނަމަ ވެޓިއިން ލިސްޓުގެ ތަރުތީބުން ފުރުސަތު ދެމުންދާނެ ކަމަށް މައުލޫމާތުދެ އެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ ހަތް ވަނަ ދުވަހެވެ. ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕު ފުރާނީ މިމަހުގެ26 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް