ބޮޑު ޢީދާ ދިމާކޮށް މާފުށީގައި ވޯޓާ ޕާކެއް ހަދަން ނިންމައިފިއެވެ.
މާފުށި ކައުންސިލުން ބުނީ، ވޯޓާ ޕާކަކީ އީދަށް ހާއްސަ ކޮށްގެން އީދުގެ ފުރަތަމަ ތިން ދުވަހު މާފުށި ކުޑަކުދިންގެ ޕާކާ ދިމާލު މޫދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.
މާފުށީ ކައުންސިލުން ބުނީ 4،500 އަކަފޫޓަށް ވުރެ ބޮޑު، އެޕާކަށް ހުރިހާ އުމުރުފުރައިގެ މީހުނަށް ވެސް އެރެވޭނެ ގޮތަށް ހެނދުނު 8:00 އިން ހަވީރު 16:00 އާއި ހަމައަށް ހުޅުވާފައި ބާއްވަން ނިންމާފައިވާކަމަށެވެ.
އަދި ވޯޓާ ޕާކު ހުޅުވާފައި ހުންނަ ގަޑިތަކުގައި ލައިފް ގާޑުން ތިބޭނެކަމަށް ވެސް މާފުށީ ކައުންސިލުން ހާމަކުރެއެވެ.
މާފުށްޓަކީ މިވަގުތު ރާއްޖޭގައި ލޯކަލް ޓުއަރިޒަމް އެންމެ ބޮޑު ކެޕޭސިޓީ ގިނަ ރަށް ކަމުން، މާފުށީގެ ބެޑް ކެޕޭސިޓީ 1،600 އަށްވުރެ ގިނަ ކަމަށް މާފުށީ ކައުންސިލުން ހާމަކުރެއެވެ.
އެހެންކަމުން މިހާރު ވެސް އީދާ ދިމާކޮށް ކޮޓަރިތަކުގެ ބުކިން ހަދަމުން އަންނަކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
މީގެ އިތުރުން ބޮޑު އީދާ ދިމާކޮށް ކޮންމެ ވަގުތެއްގައި ވެސް މާފުށްޓަށް ދެވޭގޮތަށް ފެރީގެ ހިދުމަތް އަދި މާފުށިން ބޭނުން ވަގުތަކު ފުރޭ ގޮތަށް ފެރީ ހަމަޖެހިގެންދާނެ ކަމަށް ވެސް ކައުންސިލުން ހާމަކުރެއެވެ.
މާފުށީގައި އީދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބައެއް ކުޅިވަރުތަކުގެ ތެރޭގައި އީދު ބަޑި ރޯކުރުމާއި، ހައްޖު ދުވަހުގެ ރޭ ވެދުމާ ދިއުމާއި،
ސަގާފީ ރޭގަނޑުގެ ކެއުމާއި، ބޮޑު ޖަމާއަތުގައި އީދު ނަމާދާއި އީދު ބޮޑު ސައި، އުލްހިޔާ ކަތިލުން ކުލަ ޖެހުން ހިމެނެއެވެ.
މީގެ އިތުރުން ފެން ކުޅި (މިޔުޒިކާއެކު)، މެންދުރުގެ ހާއްސަ ކެއުމާއި މާލި ބޮޑު މަސް / ކޯޑި ކަލަ ރަން ތްރީ އޮން ތްރީ ފުޓުބޯޅަ މުބާރާތް، ކަނބަލުންނަށް ހާއްސަ ހޭޑްބޯލް ބަށިބޯޅަ މެޗެއް އަދި ކުޑަކުދިންގެ ހަވީރަކާއި އީދު ޝޯ އަދި ހަވާ އެރުވުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް