ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް ހިފަަހައްޓައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް އެމްއެންޑީއ...

07 Jun 2022 | 04:23

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ހިފަހައްޓާފައިވާ ކަމަށެވެ.

މި މަސްބޯޓު ހިފަހައްޓާފައިވަނީ މ. މުލިން 76 ނޯޓިކަލް މޭލު އިރުން ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ މި މަސްބޯޓުގެ މަޢުލޫމާތު ކޯސްޓްގާޑަށް ހިއްސާކޮށްފައިވަނީ "އަލަމާ 2" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ޖުމްލަ 6 ފަޅުވެރިން ތިބި ލަންކާގެ މަސްބޯޓު މިހާރު ދަނީ ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށުން ލ.ކައްދޫއަށް ދަތުރުކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް