ޗައިނާ ޓޫރިސްޓަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ މަރުވެފައި އޮއްވަ ފެނުނީ ޅ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މޫދު ކަރިީގައި ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ އިއްޔެ ހަވީރު4:41 ހާއިރު އެވެ.
ފުލުހުން ބުނީ އެމީހާ ނަގައިގެން ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައި އޮއްވަ ފެނުނީ އުމުރުން32 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް