ކޮވިޑްގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، މިހާތަނަށް ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ188 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ މިރޭ 08:40 ހާއިރު ނިޔާވެފައިވެއެވެ.
މިއީ ކޮވިޑްގައި މިއަދު ނިޔާވި ތިންވަނަ މީހާއެވެ.
https://twitter.com/HPA_MV/status/1401966762925596672
މިއަދު ހެނދުނު 9:33 ގައި އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މަރުވި އިރު އެމީހާއަށް ފަރުވާދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫ (ޑީއެޗް11) ގައި އެވެ.
މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ދެވަނަ މީހާ އެވެ. ފުރަތަމަ މަރުވެފައިވަނީ އުމުރުން 86 އަހަރުގެ މީހެކެވެ.
އަދި މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 187 ވަނަ މީހާ އެވެ.
އިއްޔެ ކޯވިޑް ޖެހިގެން މަރުވެފައިވަނީ ތިން މީހުންނެވެ. އެއީ 82 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެއްގެ އިތުރުން 93 އަހަރުގެ މީހެކެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑަށް 68،502 މީހުން ޕޮސިޓިވްވެ އެވެ. އޭގެ ތެރެއިން 18،462 މީހުންނަށް ދަނީ ކޯވިޑް ޖެހިގެން ފަރުވާ ދެމުންނެވެ.
ބަލިން ރަނގަޅުވެފައިވަނީ 49،844 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް