ރާއްޖެއިން މިއަދު 552 މީހުން ކޮވިޑަށް ފައްސިވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު މާލެ ސަރަހައްދުން ފައްސިވީ 271 މީހުން ކަމަށެވެ. އަތޮޅުތެރެއިން ޕޮސިޓިވްވެފައިވަނީ 249 މީހުންނެވެ. ދެން މިއަދު ކޯވިޑް ޖެހިފައިވަނީ ރިސޯޓުތަކުން 31 މީހުންނެވެ. މީގެ އިތުރުން، ހަދަމުން ދާ ރައްތަކުން މީހަކު ފައްސިވެފައި ވެއެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،043 ސާމްޕަލެވެ.
މިވަގުތު ކޯވިޑް ޖެހިގެން 18،462 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންް ދަނީ 164 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންްގެ ތެރެއިން ރަނގަޅުވެފައިވަނީ 49،884 މީހުންނެވެ. ރާއްޖެއިން ކޯވިޑްގައި މަރުވެފައިވަނީ 187 މީހުންނެވެ.
މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 68،502 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް