މަހެއް ހާ ދުވަސް ފަހުން މަހިބަދޫ މޮނިޓަރިންގް ހާލަތުން ވީއްލިއްޖެ

މަހެއް ހާ ދުވަސް ފަހުން އދ. މަހިބަދޫ މޮނިޓަރިންގް ހާލަތުން ވީއްލިއްޖެއެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރުކު ސޮއިކުރައްވާ، މަހިބަދޫ ކައުންސިލަށް ފޮނުވާފައިވާ އެންގުމެއްގައި ވ...

07 Jun 2021 | 15:57

މަހެއް ހާ ދުވަސް ފަހުން އދ. މަހިބަދޫ މޮނިޓަރިންގް ހާލަތުން ވީއްލިއްޖެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރުކު ސޮއިކުރައްވާ، މަހިބަދޫ ކައުންސިލަށް ފޮނުވާފައިވާ އެންގުމެއްގައި ވަނީ، މިއަދުގެ12:59ން ފެށިގެން މަހިބަދޫގައިވާ މިނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.

މަހިބަދޫގައި އިތުރަށް ބަލަން ހުރި ކަންތައްތައް ބެލުމަށް ފަހު، މޮނިޓަރިންގެ ހާލަތު އުވައިލާ، މޮނިޓަރިންގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭގެ އެ އެންގުމުގައި ވެއެވެ.

މަހިބަދޫ ހޮސްޕިޓަލުން އެންމެ ފަހުން އަދާހަމަ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޖުމްލަ29 މީހުން އެރަށުން ފައްސިވެފައި ވެއެވެ. އަދި ނަތީޖާ ނުލިބިވާ65 ސުންކު ވާއިރު، މިހާރު މަހިބަދޫގައި ކޮވިޑް ބައްޔަށް ފަރުވާ ކުރަމުންދާ16 މީހުން އެބަ ތިއްބެވެ.

މަހިބަދޫ އަކީ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށް ވުމާއެކު، އެކިއެކި ބޭނުންތަކުގައި އަތޮޅުގެ އެހެން ރައްރަށުން ކޮންމެ ދުވަހަކު މަހިބަދޫއަށް ގިނަ އަދަދެއްގެ މީހުން ދެއެވެ. މޮނިޓަރިންގެ ހާލަތާއެކު، ކައިިރި ރައްރަށުގެ މީހުންނަށް ބިރުވެރިކަމެއް އިހުސާސްކުރެވުނު ނަމަވެސް، މިހާރު މިވަނީ އަލުން އެރަށް ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް