އެންދަމަން ފޭބި ދިވެއްސެއް ނިޔާވެއްޖެއެވެ.
'ދުވަސް' އަށް މައުލޫމާތު ދެއްވަމުން ފުލުސް މީޑިޔާ އޮފިޝަލް ވިދާޅުވެފައި ވަނީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު4:40 އެހާކަންހާއިރު ކަމަށެވެ.
ގއ. ދެއްވަދޫ ކައިރިން އެންދަމަން ފޭބި މީހެއްކެ ހާލު ދެރަވެގެން ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ59 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް