އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ކޮވިޑަށް ފައްސިވެއްޖެ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ކޮވިޑަށް ފައްސިވެއްޖެއެވެ. ކޮވިޑަށް ފައްސިވެފައިވާ ކަން ހާމަކޮށް ކުރެއްވި ޓުވީޓެއްގައި ފައްޔާޒް ވިދާޅުވީ، މިއީ އާއްމު ރޯގާއެއް ނޫން ކަމަށެވެ. އަދި މިހާރު ހާލުކ...

07 Jun 2021 | 12:17

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ކޮވިޑަށް ފައްސިވެއްޖެއެވެ.

ކޮވިޑަށް ފައްސިވެފައިވާ ކަން ހާމަކޮށް ކުރެއްވި ޓުވީޓެއްގައި ފައްޔާޒް ވިދާޅުވީ، މިއީ އާއްމު ރޯގާއެއް ނޫން ކަމަށެވެ. އަދި މިހާރު ހާލުކޮޅޫ ރަނގަޅުވަމުން އަންނަކަމަށް ފައްޔާޒް ވިދާޅުވިއެވެ.

https://twitter.com/faya_i/status/1401870392185081859

މިވަގުތު ރާއްޖޭގައި ކޯވިޑް ޖެހިގެން 19،670 މީހުންނަށް ފަރުވާ ދެމުން ދެއެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންް ދަނީ 166 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންްގެ ތެރެއިން ރަނގަޅުވެފައިވަނީ 48،086 މީހުންނެވެ. ރާއްޖެއިން ކޯވިޑްގައި މަރުވެފައިވަނީ 185 މީހުންނެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 67،950 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް