ހަނިމާދޫ ބަނދަރު ތަރައްޤީކުރަން ބޭނުންވާ ބޮޑުހިލައިގެ ބާޖެއް ގެންގޮސްފި

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ބާރޖް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށް އެމްޓީސީސީއިން ބުނެއެވެ. މި މަޝްރޫޢުގެ ދަށުން  ބަނދަރަށް އަލަށް އި...

07 Jun 2021 | 11:28

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ބާރޖް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށް އެމްޓީސީސީއިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން  ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަޙައްދުގެ 53،522.50 ކިއުބިކް މީޓަރުގެ ފުންކުރުމަށް ހަމަޖެހިފައި ވާއިރު، 31،575.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއް، ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރާނެއެވެ.

ހަނިމާދޫގެ ބޭރު ތޮށި ލަނީ 355 މީޓަރުގެ ސަރަޙައްދެއްގައި ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާއިރު، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ތެރެއިން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދިގެން ދާނެއެވެ.

މި މަޝްރޫއުއަކީ 57.12 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 05 މެއި 2020 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް