ކޮވިޑު ބަލީގައި ފިޔާތޮށި އަހުމަދު މަނިކު އަވަަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަމުގެ އިތުރުން ދައުލަތަށް ގިނަ ދުވަސްތަކެއް ވާންދެން ހިދުމަތް ކޮށްދެއްވި، އަހުމަދު ހުސެއިން މަނިކު (ފިޔާތޮށި އަހުމަދު މަނިކު) ކޮވ...

07 Jun 2021 | 11:20

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަމުގެ އިތުރުން ދައުލަތަށް ގިނަ ދުވަސްތަކެއް ވާންދެން ހިދުމަތް ކޮށްދެއްވި، އަހުމަދު ހުސެއިން މަނިކު (ފިޔާތޮށި އަހުމަދު މަނިކު) ކޮވިޑު ބަލީގައި މިއަދު އަހަވާރަވެއްޖެއެވެ.

ފިޔާތޮށި އަހުމަދުމަނިކު އަވަހާރަވިއިރު އުމުރުފުޅަކީ 102 އަހަރެވެ.

ފިޔާތޮށި އަހުމަދު މަނިކަކީ ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅެކެވެ.

ފިޔާތޮށި އަހުމަދު މަނިކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވިއެވެ. ށ. އަތޮޅާއި ނ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވެވިއެވެ. އަދި ސަރުކާރުގެ ބައެއް އޮފީސްތަކުގެ އިސް މަގާމުތައް ފުރުއްވެވިއެވެ.

މިއަދުގެ ވަގުތެއްގައި އަހުމަދު މަނިކު އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް