އިންކަމް ޓެކްސް ދައްކަން ދީފައިވާ މުއްދަތު އިތުރުކޮށްދީފި

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދީފި އެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މިހާރު އިންކަމް ޓެކްސް ދައްކަން ޖެހޭ އެންމެ ފަހ...

07 Jun 2021 | 10:01

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދީފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މިހާރު އިންކަމް ޓެކްސް ދައްކަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަސް ކަމަށެވެ. އަދި މިއަހަރު ހުށަހަޅަން ޖެހޭ ފުރަތަމަ އިންޓެރިމް ބަޔާނާއި އިންޓެރިމް ފައިސާ ދެެއްކުމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ 31 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އިންކަމް ޓެކްސް ދައްކާ ސުންގަނޑި އިތުރުކުރީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ޓެކްސް ދައްކާ މީހުންނަށް ދަތިތަކާ ދިމާވެފައިވާތީ އެކަމަށް ލުއި ދިނުމަށް ކަމަށް މީރާ އިން މައުލޫމާތުދެ އެވެ.

މި ދުވަސްވަރު ޓެކްސް ބަޔާނާއި ފައިސާ ދައްކާ މީހުންނަށް "މީރާ ކަނެކްޓް" މެދުވެރިކޮށް އެ ހިދުމަތް ހޯދޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މީރާއިން ވަނީ ޓެކްސް ބަޔާނާއި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ހިދުމަތް ހޯދަން އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް