ފައިނޭންސިން ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލްއިންް ބުނީ ގެނައި ބަދަލާއި އެކު މިހާރު ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް މުސާރައިގެ ފަސް ގުނަ އާ ހަމަޔަށް ފައިނޭންސިން އަށް އެދި ހުށަހަޅެމުގު ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެ އެވެ.
ބީއެމްއެލްއިން ބުނީ ފައިނޭންސިން އަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި ކަސްޓަމަރަށް މުދާ ލިބޭނެއެވެ.
މިިކަމާ ގުޅޭގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔަރ ވިދާޅުވީ މިއަދު ގެނެވުނު ބަދަލުން ދައްކުވައިދެނީ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް މިހާރު ރީޓެއިލް އަދި އިސްލާމިކް ފައިނޭންސިންގެ ބޭނުންކުރުމުގެ ފުރުސަތު މިވަނީ ފަހިވެގެންގޮސްފައި ކަމަށް ވިދާޅުވި އެވެ.
އޮންލައިން ކޮށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭނެއެވެ. އެގޮތުން އިންޓާނެޓް ބޭންކިން މެދުވެރިކޮށް ނުވަތަ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލްއަކުން [email protected] އަށް އީމެއިލް މެދުވެރިކޮށްވެސް އެދި ހުށަހެޅޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް