ކްރިމިނަލް ކޯޓަށް ދެ އާޒީން ނުވަތަ ފަނޑިޔާރުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ގެޒެޓްކޮށްފައިވާ އިއުލާންގައި ބުނީ، ފަނޑިޔާރުކަމުގެ ވަޒީފާގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ. އަދި މިހާރު ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުކަމުގައި ތިއްބެވި ފަރާތްތަކަށްވެސް މި މަޤާމަށް ބަދަލުވުމުގެ ފުރުސަތު ވަނީ މި އިޢުލާންގެ ދަށުން ހުޅުވާލާފައި ކަމަށެވެ.
މި ވަޒީފާއަށް ހުށައަޅާފައިވާ މުސާރަ އާއި އިނާޔަތުގެ ތަފުސީލުފައި ބުނެފއި ގޮތުން، މަހު މުސާރައަކަށް 30،000 ރުފިޔާ، ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސް (މަހަކު)ގެ ގޮތުގައި 3،000 ރުފިޔާ ދެވޭނެއެވެ.
މީގެ އިތުރުން، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝިއުރެންސ އަދި ފޯނު އެލަވަންސްް ދެވޭނެ ކަމަށް ބުނެފައި ވެއެވެ.
20 ޖޫން 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) ފޮނުވުމުން ފޯމް ބަލައިގަންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް