މަސްވެރިކަމުގައި އުޅެނިކޮށް ހާލުދެރަވި މީހަކަށް ސިފައިން އެހީތެރިވެއްޖެ

އައްޑޫ ސިޓީ ގަން ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "މީރާ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއެއްގެ ހާލުދެރަވެ އަވަސްފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފ...

07 Jun 2021 | 07:23

އައްޑޫ ސިޓީ ގަން ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "މީރާ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއެއްގެ ހާލުދެރަވެ އަވަސްފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:18 ހާއިރުއެވެ. އޭރު އެ ދޯނި އޮތީ ސ.ގަމުގެ ދެކުނުން 10 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރާށެވެ.

މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އެ ދޯނީގެ ފަޅުވެރިއެއް ކަމުގައިވާ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމްއެންޑީއެފުން ބުނީ އަނިޔާލިބިފައިވަނީ އެމީހާގެ އަތުގެ އިނގިއްޔަކަށް ކަމަށެވެ.

ހާދިސާގެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސް، ބަލި މީހާ ދޯނިން ނަގައިގެން މިއަދު ހެނދުނު 09:20 ހާއިރު ސ.ފޭދޫއަށް ގެންގޮސްދީފައެވެ.

އަދި، އަވަސް ފަރުވާ ދިނުމަށް ސ.ފޭދޫ ޞިއްޙީ މަރުކަޒަށް އެ މީހާ ގެންގޮސް މިހާރު ދަނީ ފަރުވާދޭން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް