2021 ވަނަ އަހަރުގެ އެމްޓީސީސީ މޭންޕަވަރ އޮޑިޓް ހަދާނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިޢުލާންކޮށްފިއެވެ.
އެ ކުންފުނިން ވަނީ މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އެވެ.
އެމްޓިސީސީން ބުނީ ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރާނީ [email protected] މި އީމެއިލް މެދުވެރިކޮށް ކަމަށެވެ. ރެޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 10 ޖޫން 2021ގެ 12:00 އެވެ.
އަދި މައުލޫމާތު ކަރުދާސް ހަވާލުކުރުން ކުރިއަށް ދާނީ 10 ވަނަ ދުވަހު ހަމަ އީމެއިލް މެދުވެރިކޮށް ކަމަށް އެމްޓީސީސީން ބުނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށްދާނީ 21 ޖޫން 2021ގެ 10:00 އަށް ހަމަ އީމެއިލް މެދުވެރިކޮށެވެ.
"ބީލަމުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް އީމެއިލްގެ ޒަރީއާއިން ހުށަނޭޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވެމެވެ." އިޢުލާންގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް