ކޯވިޑް ޖެހިގެން 100 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޯވިޑް-19އަށް ފަރުވާދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 9:33 ގައި އެވެ. މަރުވި އި...

07 Jun 2021 | 05:33

ކޯވިޑް-19އަށް ފަރުވާދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 9:33 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫ (ޑީއެޗް11) ގައި އެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ދެވަނަ މީހާ އެވެ. ފުރަތަމަ މަރުވެފައިވަނީ އުމުރުން 86 އަހަރުގެ މީހެކެވެ.

އަދި މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 187 ވަނަ މީހާ އެވެ.

އިއްޔެ ކޯވިޑް ޖެހިގެން މަރުވެފައިވަނީ ތިން މީހުންނެވެ. އެއީ 82 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެއްގެ އިތުރުން 93 އަހަރުގެ މީހެކެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް 67،950 މީހުން ޕޮސިޓިވްވެ އެވެ. އޭގެ ތެރެއިން 19،670 މީހުންނަށް ދަނީ ކޯވިޑް ޖެހިގެން ފަރުވާ ދެމުންނެވެ.

ބަލިން ރަނގަޅުވެފައިވަނީ 48،086 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް