ހއ. ހޯރަފުށީ ބަނދަރު ބަލަހެއްޓާނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.
ގެޒެޓްކޮށްފައިވާ އެ އިއުލާންގައި ބުނެފައި ވަނީ، ހޯރަފުށީ ބަނދަރާއި މަގުގޯޅިތަކުގައި ޖަހާފައި ހުރި ބައްތިތައް ދިއްލާ، ނިއްވާ، މަރާމާތުކޮށް ބެލެހެއްޓުމާއި އަދި ހޯރަފުށީ ބަނދަރު ބެލަހެއްޓުމަށް ކައުންސިލުން އަންގާގޮތެއްގެ މަތީން އައުޓްސޯސްކޮށްގެން ބަޔަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލްގެ 59/2021 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ޖޫން 2021ގެ ހެނދުނު 11:00ގެ ކުރިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.
މީގެ އިތުރުން، މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ ކަމަށް އެދިވަޑައިގަންނަވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ހުށަހަޅުއްވަންވާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވަންވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް