ކޯވިޑްގައި އިތުރު މަރެއް، ޖުމްލަ 186 އަށް

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ދަންވަރު 12:19 ގައި އެވެ. މަރުވި އިރު ފަރުވާ ދެމުން ދަނީ ހުޅުމާލޭ މެޑިކަލް ފ...

07 Jun 2021 | 05:29

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ ދަންވަރު 12:19 ގައި އެވެ.

މަރުވި އިރު ފަރުވާ ދެމުން ދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ފުރަތަމަ މީހާ އެވެ. އަދި ރާއްޖެއިން ކޯވިޑްގައި މަރުވި 186 ވަނަ މީހާ އެވެ.

އިއްޔެ ކޯވިޑް ޖެހިގެން މަރުވެފައިވަނީ ތިން މީހުންނެވެ. އެއީ 82 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެއްގެ އިތުރުން 93 އަހަރުގެ މީހެކެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް 67،950 މީހުން ޕޮސިޓިވްވެ އެވެ. އޭގެ ތެރެއިން 19،670 މީހުންނަށް ދަނީ ކޯވިޑް ޖެހިގެން ފަރުވާ ދެމުންނެވެ.

ބަލިން ރަނގަޅުވެފައިވަނީ 48،086 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް