ވަރީގެ ސެޓްފިކެޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި

މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް ވަރި އަދި ކައިވެނީގެ ސެޓްފިކެޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އިޢުލާންކޮށްފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމ...

07 Jun 2021 | 04:24

މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް ވަރި އަދި ކައިވެނީގެ ސެޓްފިކެޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އިޢުލާންކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިހާރު ގެޒެޓްކޮށްފައިވާ އިއުލާންގައި ބުނީ މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް ވަރި އަދި ކައިވެނީގެ ސެޓްފިކެޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މީހަކު ހޯދަނީ ވަރީގެ 500 ސެޓްފިކެޓް، އަދި ކައިވެނީގެ ސެޓްފިކެޓްގެ 1500 ސެޓްފިކެޓް ތައްޔާރުކުރުމަށެވެ..

މި ކަމާގުޅޭ މަޢުލޫމާތުޝީޓް އެ ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑުގެ ކުދި މަރާމާތު އަދި އެހެނިހެން ޕްރޮކިއުމަންޓް ބައިން ލިބިވަޑައިގަންނަވާނެއެވެ.

މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ އެ ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 09 ޖޫން 2021 ވަނަ ދުވަހުގެ 09:00 ގެ ކުރިން މެއިލް ކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް