ފުވައްމުލައް ސިޓީގައި ބިދޭސީން މަސައްކަތަށް ނުކުތުން މަނާކޮށްފި

ފުވައްމުލައް ސިޓީގައި ބިދޭސީން މަސައްކަތަށް ނުކުތުން ސިޓީ ކައުންސިލުން މަަނާ ކޮށްފިއެެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ފުވައްމުލަކުގެ ކޯވިޑް-19 ރޯގާ ފެތުރެމުން ދިއުމާއި ގުޅިގެން، އަޅާ ރައްކާ ތެ...

07 Jun 2021 | 04:19

ފުވައްމުލައް ސިޓީގައި ބިދޭސީން މަސައްކަތަށް ނުކުތުން ސިޓީ ކައުންސިލުން މަަނާ ކޮށްފިއެެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ފުވައްމުލަކުގެ ކޯވިޑް-19 ރޯގާ ފެތުރެމުން ދިއުމާއި ގުޅިގެން، އަޅާ ރައްކާ ތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބިދޭސީން އެއްވެސް މަސައްކަތަަކަށް ނުކުތުން މަނާ ކޮށްފައިވާ ކަމަށެވެ.

އެ ރަށުން ގިނައިން ކޯވިޑަށް ޕޮސިޓިވްވަމުން ދަނީ ބިދޭސީންނެވެ. އެހެންކަމުން މަސައްކަތަށް ނުކުތުން މަނާ ކޮށްފައިވަނީ ޖޫން 14ގެ ނިޔަލަށެވެ. ހާލަތަށް ބަލައި އިތުރު ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ހަވީރު 4:00 ން ފެށިގެން ފަތިހު 4:00 ށް ކާފިއު ހިންގުމާއި ޕާޓީތަކާ ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން މަނާކުރުން އަދި އެއް އަވަށުން އަނެއް އަވަށަށް ދިޔުން މަނާކުރުމާއި ތިން މީހުންނަށްވުރެ ގިނައިން އާއްމު ތަންތަނަށް އެއްވެ އުޅުން މަނާކުރުން ހިމެނެއެވެ.

ހަމައެހެންމެ، ސެލޫން، ޖިމް އަދި ކުޅިވަރު ހަރަކާތްތައް ހިންގުން ހުއްޓާލުމާއި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމުގެ އިތުރުން  ފިހާރަތަކާއި ރެސްޓޯރަންތްތައް ބަންދުކުރުން ވެސް ހިމެނެއެވެ،

އެހެން ނަމަވެސް ފިހާރަތަކުން ހަވީރު 6:00ށް، އަދި ރެސްޓޯރެންޓްކާއި ކެފޭތަކުން ރޭގަނޑު 12:00ށް ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް