ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރި ގިނަ މީހުން ކޯވިޑް ވެކްސިން ފުރިހަމަނުކުރޭ!

ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް ހަދާފައިވާ ހުޅުމާލެ ކޯވިޑް ފެސިލިޓީގައި މިދިޔަ މަހު އެޑްމިޓްކޮށްގެން ފަރުވާ ހޯދި މީހުންގެތެރެއިން 83 އިންސައްތަ މީހުންނަކީ ވެކްސިންގެ ޑޯޒް ފު...

07 Jun 2021 | 04:12

ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް ހަދާފައިވާ ހުޅުމާލެ ކޯވިޑް ފެސިލިޓީގައި މިދިޔަ މަހު އެޑްމިޓްކޮށްގެން ފަރުވާ ހޯދި މީހުންގެތެރެއިން 83 އިންސައްތަ މީހުންނަކީ ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ މީހުން ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ހާމަކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެތަމުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހުނު މީހުންގެ ބޮޑު އިންސައްތައަކީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ފާއިތުވި މެއި މަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 725 މީހުންނަށް ފަރުވާދީފައިވާއިރު، މަސް ނިމުނު އިރު ފަރުވާދީ 718 މީހުން މެޑިކަލް ފެސިލިޓީންވަނީ ދޫކޮށްލާފައެވެ.

ކޯވިޑް-19 ބަލީގައި މިވަގުތުވެސް އެޑްމިޓްކޮށްގެން 166 މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. އޭގެ ތެރެއިން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 89 މީހުންނަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން ކޯވިޑް ޖެހިފައިވާ މީހުންގެ އަދަދު އިއްޔެ ވަނީ 67،950 އަށް އަރާފައި އެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 48،086 މީހުންނެވެ.

ބަލީގައި މަރުވެފައިވަނީ 185 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް