ރިޖެނެރަން ފާމަސޫޓިކަލްއިން އުފައްދާފައިވާ ކޮވިޑު 19 ބައްޔަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ތެރެޕީއެއް ކަމަށްވާ REGEN-COV (ރެޖެން-ކޮވް) ބަލި މީހާގެ ހަންގަނޑު މެދުވެރިކޮށް،ދަށް ޑޯޒުތަކުން ދިނުމަށް އެމެރިކާގެ ސިއްޙީ ރެގޮއުލޭޓަރުން ހުއްދަ ދީފިއެވެ.
މި ތެރެޕީއަކީ އިންޖެކްޝަނެއް މެދުވެރިކޮށް، ނާރުތަކުގެ ޒަރިއްޔާއިން ހަށިގަނޑަށް ދެވޭ ފަރުވާއެކެވެ. އަދި މި ފަރުވާ ހޯދާ މީހުން އެކަހެރިވާންވެސް ޖެހެއެވެ.މި ކޮކްކެޓެއިލު ހަންގަނޑުގެ ތެރެއިން ހަށިގަނޑަށް ފޮނުވާލުމަށް ރިޖެނެރަންއިން މަސައްކަތް ކުރަމުން އަންނަތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ.މިގޮތަށް މިކަން ކުރެވޭނީ، މި ތެރެޕީ ފުރިހަމަ ގޮތުގައި މަސައްކަތް ކުރާނެ ދަށް ޑޯޒެއް އެކުލަވާލައިގެންނެވެ.އެ ކުންފުނިން މި ގޮތަށް މަސައްކަތް ކުރަމުން ދަނީ، މިކަން ކާމިޔާބު ވުމުން، ކޮވިޑު 19ގެ ބަލި މީހުންނަނށް އެންޓި ބޮޑީ ބޭސްތަށް ފޯރު ކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ތެރެޕީ ދިނުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.އެފަހަރު ހުއްދަ ދީފައި ވަނީ ރެޖެން-ކޮވްގެ 2400 މިލިގްރާމްގެ ޑޯޒެއް އިންޖެކްޝަން މެދުވެރިކޮށް ސީދާ ނާރަށް ޖެހުމަށެވެ.އަދި މި ހުއްދަ ދޫކޮށްފައި ވަނީ ހަަމައެކަނި ހަސްފަތާލު ކުރަން ޖެހިފައި ނުވާ ކޮވިޑު 19 ގެ ބަލި މީހުންނަށެވެ.ނަމަވެސް މިހާރު އެ އިދާރާއިން މިވަނީ، މި ޑޯޒު 1200 މިލިގްރާމަށް ދަށް ކުރުމަށް ހުއްދަ ދީފައެވެ.އަދި ރިޖެން-ކޮވްގެ ކެސިރިވިމެބްއާއި އިމްޑެވިމެބްގެ ޑޯޒު ހަމުގެ ތެރެއިން ލާފައި ހަށިގަނޑަށް ފޮނުވާލުމުގެ ހުއްދަ ދޫކޮށްފައި ވެއެވެ. މިގޮތަށް މި ބޭސް ދެވޭނީ، ނާރުގެ ތެރެއިން ލާފައި އިންޓްރާވީނަސްކޮށް މި ބޭސް ނުދެވޭ ޙާލަތްތަކުގައެވެ.މިފަދަ ޙާލަތްތަކުގައި ބޭސް ނުދެވުމުގެ ސަބަބުން ކޮވިޑު 19 ގެ ބަލި މީހުންނަށް ފަރުވާ ދިނުން ލަސްވުމުގެ ގިނަ މައްސަލަތަކެއް ކުރިމަތި ވެފައި ވެއެވެ.
މި ތެރެޕީއަކީ މޮނޯކްލޯނަލް އެންޓިބޮޑީޒް ނަަމަކަށް ކިޔާ ޑްރަގަކަށް ނިސްބަތްވާ ތެރެޕީއެކެވެ.މިފަދަ ބޭސްތަކުން މަސައްކަތް ކުރާނީ ހަށިގަނޑުގައި ޤުދުރަތީ ގޮތުން އުފެދޭ އެންޓިބޮޑީސް ކޮޕީކޮށްގެން،އެއާއި އެއްފަދަ ގޮތަކަށް އިންފެކްޝަންތަކާއި ހަނގުރާމަ ކޮށްގެންނެވެ.
ހަމަ މި ތެރެޕީއާއި ދާދީ އެއްފަދަ ތެރެޕީއެއް ރިޖެނެރަންގެ ވާދަވެރި ކުންފުންޏެއް ކަމަށްވާ އެލީ ލިލީޒްއިންވެސް ވަނީ އުފައްދާފައެވެ. މި ކުންފުނީގެ އެންޓިބޮޑީ ތެރެޕީއަށް އެމެޖެންސީއެއް ހުއްދައެއް އެމެރިކާގެ އިދާރާތަކުން ދޫކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.އަދި ގްލެކްސޯސުމިތުންނާއި ވިރް ބަޔޯ ޓެކްނޮލޮޖީން، ނާރުގެ ތެރެއިން ހަށިގަނޑަށް ފޮނުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ބޭސްތަކަށްވެސް މިދިޔަ މެއި މަހު ވަނީ ހުއްދަ ދޫކޮށްފައެވެ.
ރީޖެނެރަން ކުންފުނިން ބުނާ ގޮތުގައި، މި އަހަރުގެ ހޫނު މޫސުމުގައި، ހަސްފަތާލު ކޮށްފައި ނުވާ ކޮވިޑު 19 ގެ ބަލި މީހުންނަަށް ރިޖެން-ކޮވް ދިނުމުގެ ފުރިހަމަ ހުއްދައަށް އެ ކުންފުނިން އެދޭނެއެވެ.އަދި މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެމެރިކާގެ ސަރުކާރަށް މި ތެރެޕީގެ 1 މިލިއަން ޑޯޒު ފޯރުކޮށް ދެވި، މި އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް އިތުރު 1.25 މިލިއަން ޑޯޒު ފޯރު ކޮށްދެވޭނެ ކަމަށް ޤާބޫލު ކުރާ ކަމަށްވެސް ރިޖެނެރަން އިން މައުލޫމާތު ދެއެވެ.
ރިޖެން-ކޮވް އަކީ ތަޙުލީލީ މަރުޙަލާގައިވާ ބޭހެއް ކަމުން، މި ބޭހާއި ގުޅުން ހުރި ގިނަ މައުލޫމާތުތައް އަދި ދެނެގަނެވިފައެއް ނުވެއެވެ.މިހާރު ރިޖެނެރަންއިން އަންނަނީ މި ބޭސް ކޮވިޑުން ދިފާއު ވެވޭނެ ގޮތަކަށް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް