ސީޒަން ބުނަނީ ފިލްމީ ދާއިރާގެ އެއްވެސް މީހަކާ ލޯބީގެ ގޮތުން ނުގުޅެން ކަމަށް!

ފިލްމީ އިންޑަސްޓްރީގެ އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިފައި ނުވާނެކަމަށް މަޝްހޫރު ފިލްމީ ތަރި އަދި ޕްރޮޑިއުސަރު އަލީ ސީޒަން ބުނެފިއެވެ. ކުޅުނު ގޭމެއްގެ ތެރެއިން، ސީޒަން މިހާތަނަށް ލޯބީގެ ގޮތުން ގުޅިގ...

07 Jun 2021 | 03:56

ފިލްމީ އިންޑަސްޓްރީގެ އެއްވެސް މީހަކާ ލޯބީގެ ގޮތުން ގުޅިފައި ނުވާނެކަމަށް މަޝްހޫރު ފިލްމީ ތަރި އަދި ޕްރޮޑިއުސަރު އަލީ ސީޒަން ބުނެފިއެވެ.

ކުޅުނު ގޭމެއްގެ ތެރެއިން، ސީޒަން މިހާތަނަށް ލޯބީގެ ގޮތުން ގުޅިގައި ވަނީ ދިވެހި ފިލްމު އިންޑަސްޓްރީގެ ކިތައް މީހުނާތޯ ސުވާލު ކުރުމުން އޭނާ ބުނީ އިންޑަސްޓްރީގެ އެއްވެސް މީހަކާ ލޯބީގެ ގޮތުން ނުގުޅޭ ކަމަށެވެ.

" ދޮގެއް ނަހަދަމޭ. ހަމަ ދެތަށޭ މި ބުނަނީ" ޖަވާބުދިނީ ދޮގެއް ނޫން ކަމަށް ބުނަމުން ސީޒަން ބުނީ މިހެންނެވެ.

ނަމަވެސް ގޭމްގައި އޮންނަ ގޮތުން ނަމަ، އެމީހަކަށް ކުރެވޭ ސުވާލަށް ތެދު ޖަވާބު ނުދެވޭނަމަ އެމީހެއް ޖެހޭނީ 'ޑެއަރ' އެއް ނަގައި، އޭގައިވާ ކަމެއް ކުރާށެވެ. ސީޒަން ޖަވާބު ދިނުމަށްފަހު ޑެއާއެއް ނަގާފައި ވެއެވެ. އެހެންކަމުން ކުރިން އޭނާ އެ ބުނީ ތެދެއް ނޫން ކަމަށް ނުސީދާ ގޮތަކަށް އިއުތިރާފު ވީ ކަމުގައި ބެލިދާނެއެވެ. އެހެންނަމަވެސް ސީޒަން އެބުނީ ތެދެއް ނޫންކަން ގިނަ ބަޔަކަށް އެނގޭނެއެވެ.

ފިލްމީ ދާއިރާގައި ސީޒަން ރައްޓެހިވީ ކާކާތޯ ނުވަތަ ކޮން ބަޔަކާތޯ ޔަގީންކޮށް ބުނަން ނޭނގުނުކަމުގައި ވިޔަސް، މަޝްހޫރު ފިލްމީ ތަރި ނިޢުމާ މުހައްމަދާއި ސީޒަން ވަނީ ކައިވެނި ކޮށްފައެވެ. 2004 ވަނަ އަހަރު ކުރި މި ކައިވެނި ރޫޅި، ދެމީހުންވެސް އާ ޙަޔާތެއް ފަށާފައި ވެއެވެ.

ނިއުމާއާއި ސީޒަންއާ ދެމީހުންގެ މާޒީގެ ބައެއް ވާހަކަތަކެއް ހިއްސާކުރަމުން ގޮސް، ނިއުމާ ފިލްމީ ދާއިރާއިން ދުރައްދާން ނިންނި ހިސާބުން ހިތަށްއެރީ ކީކޭތޯ ސީޒަންކައިރީ އެހުމުން ސީޒަން ބުނީ، ނިއުމާއަކީ ވަރަށް ބޮޑު ‘އެސެޓެއް’ ކަމަށާއި ނިއުމާ ސްކްރީނުން ގެއްލިގެން ދިއުމަކީ ދާއިރާއަށް ލިބޭނެ، ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށެވެ.

މިވާހަކަތައް ފާހަގަކޮށް ސީޒަން ބުނީ، ނިއުމާ ފިލްމު ކުޅުން ހުއްޓާލި ސަބަބު ވިސްނޭ ކަމަށާއި އެހެންކަމުން އިތުރަށް ފިލްމު ކުޅެއް ނުބުނާނަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް